އަޅުގަނޑުމެންނަކީ

އަޅުގަނޑުމެންގެ ވެބްސައިޓްގެ އެޑްރެހަކީ https://myvinares.com އެވެ.

މި ވެބްސައިޓަކީ ވިނަރެސް އެއްމެދު އިމާރާތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ވިނަރެސް އެއްމެދު އިމާރާތްތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރުކުރެވުނު ވެބްސައިޓެކެވެ. އަޅުގަނޑުމެންނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް އިދާރާއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއަކާއި އެއްވެސް ގުޅުމެއް ހުރި ފަރާތެއް ނޫނެއެވެ. އަދި މި ވެބްސައިޓް ހިންގުމުގައި ހަރަކާތްތެރިވަނީ ވިނަރެސް އެއްމެދު އިމާރާތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކެކެވެ.

މި މަސައްކަތަކީ ހިލޭސާބަހަށް ކުރެވޭ މަސައްކަތެއް ކަމުން، ކިޔުންތެރިންގެ ހިޔާލާއި އަދި މުހިންމު މައުލޫމާތު ހިއްސާކުރުމަކީ އަޅުގަނޑުމެން ނުހަނު އެދޭ ކަމެކެވެ.

ކޮމެންޓް

އަޅުގަނޑުމެންގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާ މެހެމާނުން އަޅުގަނޑުމެންގެ ވެބްސައިޓްގައި ކޮމެންޓްކުރައްވައިފިނަމަ ކޮމެންޓް ފޯމުގައި ހުރި މައުލޫމާތު، އަދި ޒިޔާރަތްކުރައްވާ ފަރާތުގެ އައިޕީ އެޑްރެސް އަދި ބްރައުޒަރ ޔޫޒަރ އެޖެންޓް އެއްކުރުވޭނެއެވެ. އެއީ ސްޕޭމް ކުރާފަރާތްތައް ދެނެގަނެ އެކަން ކުރުން ހުއްޓުވުމަށްޓަކައެވެ.

މީޑިއާ

ތިޔަފަރާތުން ފޮޓޯއެއް މިސައިޓަށް އަޕްލޯޑްކުރާނަމަ، ފޮޓޮއަށް ލޮކޭޝަން ޑޭޓާ އެންބެޑް ކުރެވިފައިވާ ފޮޓޯ ނުލުމަށް އެދެމެވެ (މިސާލަކަށް EXIF GPS). ސަބަބަކީ ސައިޓު ބޭނުންކުރައްވާ އެހެންފަރާތްތަކަށް މި އަޕްލޯޑްކުރެވޭ ފޮޓޯތަކުން ލޮކޭޝަން ޑޭޓާ ލިބިދާނެތީއެވެ.

ކުކީޒް

ތިޔަފަރާތުން މި ވެބްސައިޓްގައި ކޮމެންޓެއްކުރައްވާނަމަ ތިޔަފަރާތުގެ ނަން، އީމެއިލް އެޑްރެސް (އަދި ކޮމެންޓް ފޯމުން ކަލެކްޓް ކުރެވޭ އެހެނިހެން ޑޭޓާ) ކުކީޒްގެ ގޮތުގައި ރައްކާކުރެވޭނެކަމަށް އެއްބަސްވަމެވެ. އެއީ ތިޔަފަރާތުން ވެބްސައިޓް ބޭނުންކުރުމުގެ ފަސޭހައަކަށްޓަކައެވެ. މިސާލަކަށް މިގޮތައް ކުކީޒްގެ ގޮތުގައި މި ބުނެވުނު ފަދަ ޑޭޓާ ރައްކާ ކުރެވުމުގެ ސަބަނުން ދެވަނަ ފަހަރު ކޮމެންޓް ކުރައްވާއިރު އަލުން މި މައުލޫމާތު ފުރަން ނުޖެހުން. މި ކުކީޒް 1 އަހަރުގެ މުއްދަތަކަށް ރައްކާކުރެވޭނެއެވެ.

ތިޔަފަރާތުން މި ވެބްސައިޓްގެ ލޮގިން ޕޭޖަށް ޒިޔާރައްކޮށްފިނަމަ، ތިޔަފަރާތުގެ ވެބް ބްރައުޒަރ ކުކީޒް އެކްސެޕްޓްކުރޭތޯ ބެލުމުގެ ގޮތުން ކުކީޒްއެއް ސެޓް ކުރެވޭނެއެވެ. މި ކުކީ ގައި އެއްވެސް ޕާސަނަލް ޑޭޓާ އެއް ނުހިމެނޭނެއެވެ. އަދި ބްރައުޒަރ ކްލޯޒްކޮށްލައްވާއިރަށް މި ކުކީ ފުހެވިގެން ދާނެއެވެ.

ތިޔަފަރާތުން ލޮގިން ކުރައްވައިފިނަމަ ތިޔަފަރާތުގެ ލޮގިން އިންފޮމޭޝަން އާއި ސްކްރީން ޑިސްޕްލޭ ޗޮއިސް ރައްކާކުރުމަށްޓަކައި ކުކީތަކެއް ސެޓްކުރެވޭނެއެވެ. ލޮގިން ކުކީޒް 2 ދުވަހަށް ރައްކާކުރެވޭނެއެވެ. ސްކްރީން ޑިސްޕްލޭ އޮޕްޝަން ކުކީޒް 1 އަހަރު ދުވަހަށް ރައްކާކުރެވޭނެއެވެ. ތިޔަފަރާތުން ”ރިމެމްބަރ މީ“ ސެލެކްޓް ކުރައްވައިފިނަމަ މި ކުކީ 2 ހަފްތާވަންދެން ރައްކާކުރެވޭނެއެވެ. އަދި ލޮގް އައުޓް ކުރެއްވުމުން، ލޮގިން ކުކީޒް އެއްކޮށް ފުހެލެވޭނެއެވެ.

ތިޔަފަރާތުން އާޓިކަލް އެއް ޝާއިއުކޮށްފި ނަމަ ނުވަތަ އެޑިޓްކޮށްފިނަމަ އިތުރު ކުކީއެއް ބްރައުޒަރ ގައި ސޭވް ކުރެވޭނެއެވެ. މި ކުކީ ގައި އެއްވެސް ޒާތީ މައުލޫމާތެއް ނުހިމެނޭނެއެވެ. މި ކުކީގައި ހިމެނޭނީ ހަމައެކަނި އާޓިކަލްގެ ޕޯސްޓް އައިޑީ އެކަންޏެވެ. މި ކުކީ 1 ދުވަސްފަހުން މުއްދަތުހަމަވާނެއެވެ.

މައުލޫމާތު ހިއްސާކުރުން

ތިޔަފަރާތުން ތިޔަފަރާތުގެ ޕާސްވޯޑް ރީސެޓް ކުރައްވާނަމަ، ތިޔަފަރާތުގެ އައިޕީ އެޑްރެސް ތިޔަފަރާތަށް ފޮނުވޭ ޕާސްވޯޑް ރީސެޓް އީމެއިލްގައި ހިމެނިފައިވާނެއެވެ.

ތިޔަފަރާތުގެ ޑޭޓާ ރައްކާކުރެވޭނެ މުއްދަތު

ތިޔަފަރާތުން ކޮމެންޓެއް ކުރެއްވައިފިނަމަ އެ ކޮމެންޓް އަދި އެކޮމެންޓްގެ މެޓަޑޭޓާ ވަކި މުއްދަތެއްނެތި ރައްކާކުރެވޭނެއެވެ. މިއީ މިކޮމެންޓާއި ގުޅިގެން އަންނަ ފޮލޯއަޕް ކޮމެންޓްތައް އޮޓޮމެޓިކުން މޮޑަރޭޝަން ކިއުގައި ނުބައިންދާ ދެނެގަތުމުގެ ބޭނުމުގައެވެ.

އަޅުގަނޑުމެންގެ ވެބްސައިޓްގައި ރަޖިސްޓްރީކުރައްވާއިރު ޔޫޒަރ ޕްރޮފައިލްގައި ދެއްވާ ޒާތީ މައުލޫމާތު ރައްކާކުރެވޭނެއެވެ. ހުރިހާ ފަރާތްތަކަކަށްވެސް އެފަރާތެއްގެ އަމިއްލަ މި ޒާތީ މައުލޫމާތު ބަލާ، އެޑިޓްކޮށް އަދި ޑެލީޓް ކުރެއްވޭނެއެވެ. އަދި ވެބްސައިޓްގެ އެޑްމިނިސްޓްރޭޓަރުންނަށް ވެސް މި މައުލޫމާތު ފެނި، އެޑިޓްކުރެވޭނެއެވެ.

ތިޔަފަރާތާއި ތިޔަފަރާތުގެ ޑޭޓާގެ ހައްގުތައް

ތިޔަފަރާތުގެ ޔޫޒަރ އެކައުންޓެއް މި ސައިޓުގައި ވާނަމަ ނޫނީ ކޮމެންޓެއް ކުރައްވާފައިވާނަމަ އެ ޑޭޓާ މި ސައިޓުން ފޮހެލުމަށް ރިކްއެސްޓް ކުރުމުގެ ހައްގު ތިޔަފަރާތަށް ލިބިގެންވެއެވެ. މި ޑޭޓާގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް ބޭނުމަށް ނުވަތަ ސެކިއުރިޓީ ސަބަބުތަކަށް ކޮންމެހެން ބަހައްޓަންޖެހޭ ޑޭޓާ ނުހިމެނެއެވެ.

ތިޔަފަރާތުގެ ޑޭޓާ ފޮނުވޭނީ ކޮންފަރާތަކަށް؟

ތިޔަފަރާތުގެ ކޮމެންޓްތައް އޮޓޮމޭޓެޑް ސްޕޭމް ޑިޓެކްޝަން ހިދުމަތަކުން ޗެކު ކުރެވިދާނެއެވެ.