ވިނަރެސް ޓަވަރުތަކުގެ ޕާރކިންގ އާއި ގުޅުންހުރި ކަންބޮޑުވުންތަކާއި ގުޅިގެން 400 އަށް ވުރެ ގިނަ ސޮޔާއި އެކު ވިނަރެސް ކޮމިއުނިޓީގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަން ހުށަހެޅީ 25 ނޮވެމްބަރު 2024 ގައި ވިނަރެސް ޓަވަރުތަކުން ޕާކިން ސްލޮޓް ބޮޑުއަގުގައި ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީއިން އިއުލާންކުރުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށްޓަކައެވެ. ބޮޑު އަގުގައި ވަކި ބަޔަކަށް މަންފާވާނެގޮތަށް ޕާކުކުރާނެ ޖާގަ ވިއްކުމަށް އިއުލާން ކުރުމާއި ގުޅިގެން ވިނަރެސް ގައި ދިރިއުޅެމުންދާ އެތައް ސަތޭކަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ޕެޓިޝަނުގައި ވިނަރެސް ކޮމިއުނިޓީިއިން އެދެނީ މި އިއުލާން ބާތިލުކޮށް މި ޕެޓިޝަންގައިވާ ކަންކަމަށް ރިއާޔަތްކޮށް އަލުން ޕާކިންގ ވިއްކުމަށް އިއުލާންކުރުމަށެވެ. މިގޮތުން ވިނަރެސް ކޮމިއުނިޓީއިން ފާހަގަކޮށްފައިވާ ބައެއްކަންކަން ތިރީގައި މިވަނީއެވެ.
- ވިނަރެސް އެޕާޓުމަންޓް ވިއްކިއިރު ޓަވަރު ތަކާއި އެޕާޓުމަންޓްތަކުގެ ލޭންޑް ޔޫސް ޕްލޭންގައި މިހާރު ދިމާވެފައިވާ ބްލޮކޭޖްތަކާއި ޕާކިން ޖާގަތައް ފެންނަން ނެތުން.
- ވިނަރެސް ޓަވަރުތަކުގެ ވޯކްވޭ އަދި ޑްރައިވްވޭ މިހާރު ވަކިކޮށްފައި ނުވުމުގެ ސަބަބުން ޑްރައިވްވޭ އަށް ވަންނަ ކާރުތަކާއި ޕާކުކުރުމަށް ވަންނަ ކާރުތަކުގެ ސަބަބުން ޑްރައިވްވޭގެ ރައްކާތެރިކަމާއި ގުޅޭގޮތުން ކަންބޮޑުވުން. އަދި ސްޕީޑް ލިމިޓް ބޯޑުތައް ނެތުމާއި އަދި ބަންޕަރ ނެތުމަކީ ހިނގާ މީހުންނަށް ނުރައްކާތެރި ކަމަކަށްވުން. އެހެންކަމުން، އިމާރާތުގެ ޓަވަރުތަކަށް ވަނުމަށް ވަނުމަށް ހިނގާފަރާތްތަކަށް ވަކި އިންތިޒާމެއް (ވޯކްވޭ އަދި ޑްރައިވްވޭ ވަކިކުރުން) ކަނޑައަޅައި، ސްޕީޑް ލިމިޓް ބޯޑު ހަރުކޮށް ބަންޕަރު ބެހެއްޓުން.
- ޓަވަރުތަކުގެ މައި ދޮރާއި ގާ އަތުރާފައިވާ ޕޭމެންޓްގައި ކުރަހާފައިވާ ޑްރޮޕްއޮފް ސްޓޮޕްތައް ތޮއްޖެހުން. އެހެންކަމުން، ކާރު ޕާކިންގ ސްޓޮޕްތައް މައި ދޮރާއި ދުރުކުރުމަށް މިހާރު ހުރި ޑިޒައިން ބަދަލުކުރުން.
- އިއުލާނުގައިވާ ގޮތުން މިހާރު ކާރު ޕާކިން ޖާގަ ވިއްކަނީ ބިޑު އުސޫލަށް ކަމުން ގިނަ ކާރު އޮތް ބޭފުޅުންނަށް ޕާކިން އަށް ލުމުގެ ފުރުސަތު ގެއްލިގެން ދިއުން. ކާރު ޕާކިންގ ޖާގަ ކަށަވަރުކަމާއިއެކު ލިބޭނެކަމަށް އިޝްތިހާރުކޮށް މިގޮތަށް ބިޑް އުސޫލުން ވިއްކުމަކީ ހަމަހަމަ ގޮތެއްކަމުގައި ނުވުން.
- އިއުލާނުގައިވާ ގޮތުން މިހާރު ބީލަން ފެށޭ އަގަކީ އެޗްޑީސީ އިން ހުޅުމާލޭގެ ޕްރިމިއަމް ލޮކޭޝަން ތަކުން ބިން ވިއްކާފައިވާ ރޭޓަށްވުރެ ބޮޑު އަގެއް ކަމާއި، އަދި ހުޅުމާލެއިން އަގުބޮޑުކޮށް އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ އެޕާޓްމަންޓްތަކުން ކާރު ޕާކިންގ ޖާގަ ވިއްކާފައިހުރި އަގަށްވުރެވެސް ބޮޑު އަގެއް ކަމުން، ވިނަރެސްއިން އެޕާޓްމަންޓްތައް ގަނެފައިވާ މަދު ފަރާތަކަށް ފިޔަވައި ފައިސާ ދައްކާފައި ގަނެވޭނެ އަގަކަށް ނުވާއިރު، މާކެޓް ރޭޓަށް އަގުުހެޔޮކޮށް ދިނުމަށާއި ފައިސާދެއްކުމަށް އެކަށީގެންވާ މުއްދަތެއް ދިނުން. އަދި މިކަމުގެ ސަބަބުން ބައެއް ޖާގަ ނުވިކުމުގެ ސަބަނުން ވިނަރެސްގައި ދިރި ނޫޅޭ ބަޔަކަށް އެ ޖާގަ ވިއްކުމުގެ ފުރުސަތު ބޮޑުވުން.
- ކާރު ޕާކިންއަށް ދޫކުރާ އިރު ގްރައުންޑް ފްލޯގެ ކެމެރާތައް މަސައްކަތްނުކުރުން / ބައެއް ބްލޮކްތަކުގައި ކެމެރާ ނެތުން.











8 Comments.
doxycycline nhs
doxycycline nhs
finasteride tablet
finasteride tablet
finasteride
finasteride
stendra ed medication
stendra ed medication
augmentin 875
augmentin 875
sildenafil side effects blood pressure
sildenafil side effects blood pressure
levitra generic prices
levitra generic prices
semaglutide injection starting dose for weight loss
semaglutide injection starting dose for weight loss