ވިނަރެސް ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް އެޗްޑީސީ އިން ހުއްޓުވައިފި

ނުތާހިރުކޮށް ބިދޭސީން ކާބޯތަކެތި ތައްޔާރުކޮށް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން މިއަދު ސާފުކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރާ މައްސަލައެއް ބަލައި ކޮންޓްރެކްޓަރާ ވާހަކަދައްކައި، އެކަންތައް ހުއްޓުވައި އެތަން ސާފުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެކޮމޮޑޭޝަން ބްލޮކް އިއްޔެ ހަވީރު ފާސްކުރިއިރު، އެ ތަނުގައި ތިބި ސައްހަ ވިސާ ނެތް ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

 

އިތުރު ލިޔުންތައް