މެދުކެނޑިފައިވާ ވިނަރެސްގެ (ބޭނުން ނުކުރެވޭ) އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށައިފިއެވެ. އެހެން ނަމަވެސް ފުރަތަމަ މި ސިސްޓަމް ބޭނުންކުރަންފެށި އިރު ދިމާވި މައްސަލަތައް އަދިވެސް ހައްލުކޮށްފައެއް ނުވެއެވެ.
ވިނަރެސްގައި ދިރިއުޅޭ ގިނަ ފަރާތްތަކުން ދެކޭގޮތުގައި މިއީ އެޗްޑީސީ އިން ޖެއްސި ”ޕީއާރު ސްޓަންޓް“ އެކެވެ. އޭގެ ސަބަބުތައް ބައިވަރެވެ. ނިމިދިޔަ އޮގަސްޓް މަހުގެ 11 ގައި ވެސް މި ސިސްޓަމް ބޭނުންކުރަން ފަށާނެކަމަށް އޭރު މުޅި މީޑިއާގައި އެޗްޑީސީން އިއުލާން ކުރިއެވެ. ވިނަރެސްގެ ހުރިހާ ދޮރަކާއި ހުރިހާ ކަމެއްވެސް ހުރީ ހަމަ ކުރިން ހުރިގޮތަށެވެ. ބޭނުން ނުކުރެވޭ ދޮރުތަށް ހުރީ ހަމަ އަދިވެސް ބޭނުން ނުކުރެވޭ ހާލަތުގައެވެ. ކުރިން ދިމާވި މައްސަލަތައް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށި އިރު ދިމާވި އަދި ހައްލު ނުކުރެވި ހުރި ބައެއް މައްސަލަތައް:
- ދޮރުތައް ހުޅުވާ ލެއްޕުން އުނދަގޫވުން. ހާއްސަކޮށް އެތެރެފަރާތާއި ފަސްޓް ފްލޯގެ ދޮރުތައް ބަރު ކަމުން ހުޅުވާ ލައްޕަން އުނދަގޫވުން.
- ފަސްޓް ފްލޯގެ ދޮރުތައް ހަނިކަމުން ވަދެނިކުތުމަށް އުނދަގޫވުން. ހާއްސަކޮށް ދަބަހެއް ނުވަތަ ކޮތަޅެއް އެއްޗެއް ހިފައިގެން ވަދެނިކުންނަން އުނދަގޫވުން.
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު މިސިސްޓަމް ބޭނުންކުރަން ފުލެޓްތަކުގައި ދިރިއުޅޭ މީހުން އަހުލުކުރެވިފައި ނެތުން.
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު އަލަށް މިސިސްޓަމް ބޭނުންކުރާ މީހަކަށް މިސިސްޓަމް ބޭނުންކުރާނެގޮތް ކިޔާދޭނެ މީހަކު ނެތުން.
- ދޮރުގަތަކުގައި ދޮރު ހުޅުވަން ޖެހޭ ފަރާތް ލިޔެވިފައި ނެތުން (ދޮރު ހުޅުވަން ޖެހެނީ އެތެރެއަށް ކަމެއް ނުވަތަ ބޭރަށް ކަމެއް ނޭނގުން).
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު ގިނަ ބަޔަކު އެކްސެސް ޓެގާއި ހަވާލުވެފައި ނެތުން.
- ބައެއް ފުލެޓްތަކުގައި 6 މީހުންނަށްވުރެން ގިނައިން ދިރިއުޅޭ އިރު ކޮންމެ ފްލެޓަކަށް ދޫކުރެވިފައިވަނީ އެންމެ 5 ޓެގު.
- ބައެއް އެޕާޓްމަންޓްތަކުގައި މިހާރުވެސް ކްލިނިކް ތަކާއި ޓިއުޝަން ސެންޓަރު ފަދަ ވިޔަފާރި އެބަ ހިންގައެވެ. މީގެ ސަބަބުން ވިނަރެސްގައި ދިރިނޫޅޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ވަދެ ނިކުމެ ހަދައެވެ. ފްލެޓްތަކުގައި ހިންގާ މިފަދަ ކޮމާޝަލް ތަންތަނުގެ އެކްސެސް ކޮންޓްރޯލް ކުރާނެގޮތެއް އަދި ސާފުވެފައެއް ނެތެވެ.
ސުވާލަކީ މިގޮތަށް ނަމެއްގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުމުން މި ސިސްޓަމް ބޭނުންކުރުމުގެ އެއްވެސް މަގުސަދެއް ހާސިލުވާނެތޯއެވެ؟ ”ވަލު ދޮރޯށިން“ ކޮންމެ މީހަކަށް ބޭނުން އިރަކު ވަދެވޭއިރު ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ސެކިއުރިޓީއެއް މި ސިސްޓަމްގެ ސަބަބުން ލިބޭނެތޯއެވެ؟ އެނގޭހާވެސް އެއްޗަކީ އެޗްޑީސީ އަދި ސަރުކާރުންވެސް ވިނަރެސްގައި ދިރިއުޅޭފަރާތްތަކާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެވެ.









8 Comments.
ciprofloxacina
ciprofloxacina
metoprolol succinate 50 mg
metoprolol succinate 50 mg
lasix furosemide 20 mg
lasix furosemide 20 mg
diflucan over the counter ireland
diflucan over the counter ireland
tadalafil 10mg bd
tadalafil 10mg bd
xenical drug interactions
xenical drug interactions
tadalafil dosage rates
tadalafil dosage rates
generic viagra walgreens
generic viagra walgreens