ވިނަރެސްގެ އެކްސެސް ސިސްޓަމް ބޭނުންކުރަން ފަށަނީ

ވިނަރެސްގެ އެކްސެސް ސިސްޓަމް މާދަމާއިން (23 ޖޫން 2024) އިން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް އެޗްޑީސީއިން ބުނެފިއެވެ. މިގޮތުން އެންމެ ފުރަތަމަ 23 ޖޫން ވާ އާދީއްތަ ދުވަހު މި ސިސްޓަމް ބޭނުންކުރަން ފަށާނީ ޓަވަރު 9 އަދި 10 ގައެވެ. އެއަށްފަހު ޓަވަރު 1، 2، 3 އަދި 4 ގައި މި ސިސްޓަމް ބޭނުންކުރަން ފަށާނީ 24 ޖޫން ވާ ހޯމަ ދުވަހުއެވެ. ދެން ޓަވަރު 5، 6، 7 އަދި 8 ގައި މި ސިސްޓަމް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 25 ޖޫން ވާ އަންގާރަ ދުވަހުއެވެ.

އަދި މީގެ އިތުރުން އެކްސެސް ޓެގާއި ހަވާލު ނުވެހުރި އެޕާޓުމަންޓް ތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރު ފަހު 03:30 އާ ދެމެދު ވިނަރެސް ޓަވަރު 10 ގައި ގާއިމުކުރެވިފައިވާ މެނޭޖުމަންޓް އޮފީހުން ޓެގު ދޫކުރެވޭނެއެވެ.

ޓެގާއި ހަވާލުވުމަށް ފުލެޓުގެ މެއިން އެޕްލިކަންޓް ދުރުވާނަމަ އެބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ އަދި ކޯ-އެޕްލިކަންޓް ދުރުވާނަމަ މެއިން އެޕްލިކަންޓާއި ކޯ-އެޕްލިކަންޓްގެ އައިޑީ ކާޑު ކޮޕީ ހިފައިގެން ދުރުވެލެއްވުމަށް އެޗްޑީސީ އިން އެދެއެވެ. އަދި މި ދެބޭފުޅުންނަށް ދުރުވެނުލެއްވޭނަމަ ޕަވާ އޮފް އެޓާނީ ހަވާލުކުރެވިފައިވާ ފަރާތަކަށް ޓެގު ހަވާލުކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ ޕަވާ އޮފް އެޓާނީ ދުރުވާނަމަ ޕަވާ އޮފް އެޓާނީ ފޯމާއި، ފޯމުގައިވާ ހުރިހާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ ގެންނެވުމަށް އެޗްޑީސީ އިން އެދެއެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމުން ވިނަރެސް އަށް ދިމާވެފައިވާ ވަރަށްގިނަ ސެކިއުރިޓީ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ.

ޑައުންލޯޑް ޕަވަރ އޮފް އެޓާނީ ފޯމް