މެދުކެނޑިފައިވާ ވިނަރެސް އެކްސެސް ކޮންޓުރޯލުގެ ހިދުމަތް 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ. އެޗްޑީސީ އިން މިހެން ބުނެފައިވަނީ އެޗްޑީސީގެ ވިނަރެސް އޮފިޝަލް ވައިބަރ ކޮމިއުނިޓީގައި ކުރި ޕޯސްޓެއްގައެވެ.
އެހެންކަމުން ވިނަރެސްގެ އެކްސެސް ކީ ޓެގު ނުނަންގަވާ ބޭފުޅުން ވީ އެންމެ އަވަހަށް ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހަަށް ( 9:00 – 15:30) ދުރުވެ ނެންގެވުން އެދެމެވެ.
ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ ޢިމާރާތުގައި ދިރިއުޅުއްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤާއިމު ކުރެވިފައިވާ ޚިދުމަތެކެވެ. މިތަކެއްޗަށް ގެއްލުންދިނުމަކީ މިޚިދުމަތް ބޭނުންކުރައްވާ އެންމެހައި ބޭފުޅުންގެ ޙައްޤަށް އުނިކަން ލިބިގެންދާނެކަމެކެވެ. މިތަކެއްޗައް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުން ކުރަން ފަށާނެކަމަށް އިއުލާންކުރި އިރު، ކުރިން ދިމާވި މައްސަލަތައް ހައްލުކުރުމަށްޓަކައި އަދި އަދަށް ދާންދެންވެސް އިތުރުކަމެއް ކޮށްފައި ހުރިކަމަކަށް ފާހަގައެއް ނުކުރެވެއެވެ. މި ސިސްޓަމް ބޭނުންކުރާ ބައެއް ދޮރުތައް އަދިވެސް ނުލެއްޕެއެވެ. ލައްޕައިފިއްޔާ ނުހުޅުވެއެވެ. ބައެއް ދޮރުތައް ތާށި ވާތީ ބޭނުން ނުކުރެެވެއެވެ.
ޖޫން މަހު އަލަށް މި ސިސްޓަމް ބޭނުންކުރަން ފެށި އިރުވެސް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވިއެވެ. އޭގެ ތެރޭގައި ތިރީގައި މިވާ މައްސަލަތައް ހިމެނެއެވެ.
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު ގިނަ ބަޔަކު އެކްސެސް ޓެގާއި ހަވާލުވެފައި ނެތުން.
- ބައެއް ފުލެޓްތަކުގައި 6 މީހުންނަށްވުރެން ގިނައިން ދިރިއުޅޭ އިރު ކޮންމެ ފްލެޓަކަށް ދޫކުރެވިފައިވަނީ އެންމެ 5 ޓެގު.
- ދޮރުތައް ހުޅުވާ ލެއްޕުން އުނދަގޫވުން. ހާއްސަކޮށް ފަސްޓް ފްލޯގެ ދޮރުތައް ބަރު ކަން ފާހަގަ ކުރެވޭ.
- ފަސްޓް ފްލޯގެ ދޮރުތައް ހަނިކަމުން ވަދެނިކުތުމަށް އުނދަގޫވުން. ހާއްސަކޮށް ދަބަހެއް ނުވަތަ ކޮތަޅެއް އެއްޗެއް ހިފައިގެން ވަދެނިކުންނަން އުނދަގޫވުން.
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު މިސިސްޓަމް ބޭނުންކުރަން ފުލެޓްތަކުގައި ދިރިއުޅޭ މީހުން އަހުލުވެރިފައި ނެތުން.
- ސިސްޓަމް ބޭނުންކުރަން ފެށުނު އިރު އަލަށް މިސިސްޓަމް ބޭނުންކުރާ މީހަކަށް މިސިސްޓަމް ބޭނުންކުރާނެގޮތް ކިޔާދޭނެ މީހަކު ނެތުން.
- ދޮރުގަތަކުގައި ދޮރު ހުޅުވަން ޖެހޭ ފަރާތް ލިޔެވިފައި ނެތުން (ދޮރު ހުޅުވަން ޖެހެނީ އެތެރެއަށް ކަމެއް ނުވަތަ ބޭރަށް ކަމެއް ނޭނގުން).
- ބައެއް އެޕާޓްމަންޓްތަކުގައި މިހާރުވެސް ކްލިނިކް ތަކާއި ޓިއުޝަން ސެންޓަރު ފަދަ ވިޔަފާރި އެބަ ހިންގައެވެ. މީގެ ސަބަބުން ވިނަރެސްގައި ދިރިނޫޅޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ވަދެ ނިކުމެ ހަދަންޖެހެއެވެ. މިފަދަ ތަންތަނުގެ އެކްސެސް ކޮންޓްރޯލް ކުރާނެގޮތެއް އަދި ސާފުވެފައެއް ނެތެވެ.











7 Comments.
mobic 15 mg tablet
mobic 15 mg tablet
diflucan uti medication
diflucan uti medication
viagra pill bottle
viagra pill bottle
cenforce 100mg tablets
cenforce 100mg tablets
cyclosporine modified dosage
cyclosporine modified dosage
pancrelipase trade name
pancrelipase trade name
flagyl antibiotic price
flagyl antibiotic price