ވިނަރެސްގެ ސެކިއުރިޓީއާއި މަރާމާތާއި އަދި މުނިސިޕަލް ޚިދުމަތްތަކާގުޅުންހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވިނަރެސް ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންގެ ފަރާތުން ޕެޓިޝަނެއް އެޗްޑީސީއަށް ހުށަހަޅައިފިއެވެ.
ވިނަރެސް ފްލެޓްތަކުގައި މީހުން ދިރިއުޅެމުން އަންނަން ފެށިތާ 1 އަހަރު ވެފައިވާ އިރު ވިނަރެސް ފްލެޓްތަކުގެ ސެކިއުރިޓީ، މެއިންޓެނެންންސް އަދި މުނިސިޕަަލް ކަންތައް އެޗްޑީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ކުރެވެމުންނެއް ނުދެއެވެ. މިކަން މިސަރަހައްދުގައި ދިރިއުޅެމުންދާ އަދި ޒިޔާރަތްކުރާ ހުރިހާ ފަރާތަކަށްވެސް ފާހަގަކުރެވޭނެއެވެ.
ވިނަރެސް ފްލެޓް ގަތް ފަރާތްތައްކުން މި ޕެޓިޝަން ހުށަހެޅީ ވިނަރެސް ފްލެޓް ވިއްކުމަށް އެޗްޑީސީއިން އިސްތިހާރުކޮށްފައިވާ ’ވިނަރެސް ބްރޯޝާ‘ ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކާއި، އެމްނިޓީސް އަދި ވިނަރެސް ފްލެޓްތަކުގައި ގަވާއިދުން ކުރަންހުރި މަރާމާތުތައް ގަވާއިދުން ނުހިނގާތީ އާއި މިއަދާ ހަމައަށްވެސް ހައްލުނުވެ ހުރި ވަރަށް ގިނަ މައްސަލަތަކާއި އަދި ޚިދުމަތްތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުމާއި އެކުއެވެ.
ވިނަރެސް އިން ފްލެޓް ގަތް ފަރާތްތަކުން އެދެނީ މި ޑިސެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓް ތަކުގައި ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ސެކިއުރިޓީ ބެލެހެއްޓި، މަރާމާތުކުރަންޖެހޭ ހުރިހާތަނެއް މަރާމާތުކޮށް ނިންމުމަށެވެ. ވިނަރެސް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ އެއް އަހަރު ފުރިފައިވާއިރު މިކަންކަން ހައްލުނުވެ އޮތުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
ވިނަރެސް އަކީ ވަރަށް ބޮޑު އަގުގައި ބޮޑު ޑައުންޕޭމެއްންޓެއް ނެގުމަށްފަހު ވިއްކާފައިވާ ފްލެޓްތަކެކެވެ. އެހެން ނަމަވެސް މި ޕެޓިޝަންގައިވާ އަސާސީ ޚިދުމަތްތައްވެސް ވިނަރެސްގަތް ފަރާތްތަކަށް ލިބެމުން ނުދާކަން ފާހަގަކުރެވެއެވެ. މިކަންކަން މިހެން ހުރި ކަމުގައިވިޔަސް އެޗްޑީސީއިން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ވިނަރެސްގެ ޕާކިން ސްލޮޓްތައް ވަރަށް ބޮޑުގައި ވިއްކުމަށް މަސައްކަތް ކުރަމުންނެވެ. ވިނަރެސް ޕާކިން ސްލޮޓެއްގެ ބީލަން ފެށޭ އަގަކީ 650،000 (ހަ ލައްކަ ފަންސާސް ހާސް) ރުފިޔާއެވެ. ބެލެވޭ ގޮތުގައި މިއީވެސް ވަކި ބައްޔަކަށް ނުހައްގު މަންފާއެއް ހޯދައި ދިނުމަށްޓަކައި ކުރަމުންދާ ކަމެކެވެ. ވިނަރެސް އިން ފުލެޓްގަތް ފަރާތްތަކަުންވަނީ މީގޮތަށް ޕާކިން ސްލޮޓްތައް ނުވިއްކުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް ވިނަރެސް ފްލެޓްގަތް ގިނަފަރާތްތަކެއްގެ އެދުމަށް ގޮންޖެހުމަށްފަހު މި ޕާކިން ސްލޮޓްތައް ބޮޑުއަގުގައި ވިއްކުމަށް ކުރަމުންދާ މަސައްކަތް ދަނީ ކުރިއަށެވެ.











15 Comments.
z pac
z pac
sildenafil for women
sildenafil for women
doxycycline 100 mg capsule
doxycycline 100 mg capsule
doxycycline monohydrate 100 mg capsule
doxycycline monohydrate 100 mg capsule
lasix medicine for heart
lasix medicine for heart
furosemide 40 mg tablet price
furosemide 40 mg tablet price
vidalista 80 dosage
vidalista 80 dosage
sildenafil cenforce 150mg
sildenafil cenforce 150mg
vardenafil prescription
vardenafil prescription
udenafil
udenafil
topamax dosage for migraine prevention
topamax dosage for migraine prevention
semaglutida efeitos colaterais quanto tempo dura
semaglutida efeitos colaterais quanto tempo dura
oral propecia
oral propecia
tadalafil dosage amounts
tadalafil dosage amounts
doxycycline make you feel tired
doxycycline make you feel tired