މިއަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އިން ނިންމައިފިއެވެ. މި އަހަރުގެ ބޮޑު އީދުގައި ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ގިނަހަރަކާތްތަކެއް ހިމެނިފައިވެއެވެ. މިގޮތުން ޖޫން 15 އިން 17 އަށް ހުޅުމާލޭގައި ހިންގަން ހަމަޖެހިފައިވާ ހަރަކާތްތައް ތިރީގައި މިވަނީއެވެ.
15 ޖޫން، ހޮނިހިރު
20:30 ވެދުމާ ދިއުން – އެޗްޑީސީ ހެޑް އޮފީސް ކައިރި
21:00 ބޮޑު ހުޅު – ޗެނަލް ބީޗް ސަރަހައްދު
16 ޖޫން، އާދީއްތަ
07:00 އީދު ނަމާދު – ހުޅުމާލެ ފޭސް 1 – ސިންތެޓިކް ޓްރެކް
07:00 އީދު ނަމާދު – ހުޅުމާލެ ފޭސް 2 ކްރިކެޓް ސްޓޭޑިއަމް
07:30 ދިރާގު އީދު ބޮނޑިބަތް – ހުޅުމާލެ ފޭސް 1 – ސިންތެޓިކް ޓްރެކް
16:00 ގްރީސް ޕޯލް – ސެންޓްރަލް ޕާކް
16:30 މާލި ޕެރޭޑް – ސެންޓްރަލް ޕާކް
20:00 ބޮޑު މަސް ބޭނުން – ސެންޓްރަލް ޕާކް
21:00 ހަވާ އެރުވުން – ސެންޓްރަލް ޕާކް
17 ޖޫން، ހޯމަ
16:00 ކޯޑި ކެނޑުން – ސެންޓްރަލް ޕާކް
16:00 ކުޑަކުދިންގެ ހަވީރު – ސެންޓްރަލް ޕާކް
18:00 އީދު ލަކީ ޑުރޯ – ސެންޓްރަލް ޕާކް
20:30 ދިރާގު އީދު ޝޯ – ސެންޓްރަލް ޕާކް