ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށައިފި

ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވިނަރެސް ހުރިހާ ބްލޮކެއްގައި ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ވިނަރެސްގެ 9 ވަނަ ޓަވަރާއި 10 ވަނަ ޓަވަރުގައި މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ވަނީ ފަށާފައެވެ. ޓަވަރު އެކަކުން ހަތަރަކަށް އިއްޔެއިން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ވަނީ ފެށިފައެވެ.، ފަސް ވަނަ ޓަވަރުން ފެށިގެން އަށް ވަނަ ޓަވަރަށް މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައެވެ.

އަދި މީގެ އިތުރުން އެކްސެސް ޓެގާއި ހަވާލު ނުވެހުރި އެޕާޓުމަންޓް ތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރު ފަހު 03:30 އާ ދެމެދު ވިނަރެސް ޓަވަރު 10 ގައި ގާއިމުކުރެވިފައިވާ މެނޭޖުމަންޓް އޮފީހުން ޓެގު ދޫކުރެވޭނެއެވެ.

ޓެގާއި ހަވާލުވުމަށް ފުލެޓުގެ މެއިން އެޕްލިކަންޓް ދުރުވާނަމަ އެބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ އަދި ކޯ-އެޕްލިކަންޓް ދުރުވާނަމަ މެއިން އެޕްލިކަންޓާއި ކޯ-އެޕްލިކަންޓްގެ އައިޑީ ކާޑު ކޮޕީ ހިފައިގެން ދުރުވެލެއްވުމަށް އެޗްޑީސީ އިން އެދެއެވެ. އަދި މި ދެބޭފުޅުންނަށް ދުރުވެނުލެއްވޭނަމަ ޕަވާ އޮފް އެޓާނީ ހަވާލުކުރެވިފައިވާ ފަރާތަކަށް ޓެގު ހަވާލުކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ ޕަވާ އޮފް އެޓާނީ ދުރުވާނަމަ ޕަވާ އޮފް އެޓާނީ ފޯމާއި، ފޯމުގައިވާ ހުރިހާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ ގެންނެވުމަށް އެޗްޑީސީ އިން އެދެއެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމުން ވިނަރެސް އަށް ދިމާވެފައިވާ ވަރަށްގިނަ ސެކިއުރިޓީ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ. ވީމާ ވިނަރެސް ގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކުން ޓެގާއި ހަވާލުވެ މި ނިޒާމް ބޭނުންކުރުމަށް އެދެމެވެ.

ޑައުންލޯޑް ޕަވަރ އޮފް އެޓާނީ ފޯމް

 

އިތުރު ލިޔުންތައް