ވިނަރެސް ގައި ދިރިއުޅޭ ފަރާތްތަކުން 2 ވަނަ ޖަމްޢިއްޔާއެއް ”ވިނަރެސް ޑިވެލޮޕްމަންޓް ސޮސައިޓީ“ (ވީ.ޑީ.އެސް)ގެ ނަމުގައި ރަޖިސްޓްރީކޮށްފިއެވެ.
މި ޖަމްއިއްޔާގެ މެންބަރަކަށްވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލެވިފައެވެ. މި ޖަމްއިއްޔާގައި 3 ވައްތަރެއްގެ މެންބަރުން ތިބެއެވެ. އެއީ ދާއިމީ މެންބަރުން، އާންމު މެންބަރުން، އަދި ހާއްސަ މެންބަރުންނެވެ.
ދާއިމީ މެންބަރުންނަށް ވެވެނީ ވިނަރެސް ފްލެޓް ގަނެފައިވާ ފަރާތްތަކާއި އެފަރާތްތަކާއި އެކު ދިރިއުޅެމުންދާ އާއިލާގެ މެންބަރުންނެވެ. ވިނަރެސްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުންނަށް އާންމު މެންބަރުންނަށް ވެވޭގޮތް ވަނީ ހަމަޖެހިފައެވެ. އަދި ހާއްސަ މެންބަރަކަށް ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ވީ.ޑީ.އެސް ގެ މަގްސަދުތަކުގެ ތެރޭގައި ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ފައިދާހުރި ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ތިރީގައިވާ ކަންކަން ފާހަގަކުރެވެއެވެ.
- ވިނަރެސްގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީކުރުން.
- ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި އެއްބައިވަންތަކަން އާލާކުރުން.
- ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ދިވެހީންގެ މެދުގައި ދީނީ، އަޚްލާޤީ އަދި އިޖްތިމާޢީ ރޫޙް އާލާކުރުމާއި، އެކުވެރިކަމާއި ޤައުމިއްޔަތުގެ ޝުޢޫރު އުފެއްދުމަށާއި، ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް ހޭލުންތެރި މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރުން.
- އާންމު މަޞްލަޙަތަށް ވަކާލާތުކުރުން.
- ދިރިއުޅުމުގެ މާޙައުލު ރަނގަޅުކުރުން.
- އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުން.
- ޖަމްޢިއްޔާގެ އެކުވެރިކަމާއި އިންކްލޫސިވް ކޮމިއުނިޓީ ބިނާކުރުން: ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިޔުންގެ މެދުގައި ދިމާވާ މުހިންމު މައްސަލަތަކުގައ އެންމެންގެ ބައިވެރިވުން ހޯދައި، ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުން. މީގެ އިތުރުން، ޖަމްޢިއްޔާގެ ދައުރު ފުޅާކޮށް، އާރބަން ލިވިންގ ސެންޓަރެއްގެ ގޮތުގައި ވިނަރެސް ފްލެޓްތަކުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުން.
- ވިނަރެސް ޑިވެލޕްމަންޓް ސޮސައިޓީ ތަމްސީލުކުރުން: ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި، މަދަނީ ޖަމްއިއްޔާތަކާއި، އަދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި އެކަށީގެންވާ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން.
- ވިނަރެސް ޑިވެލޕްމަންޓް ސޮސައިޓީގެ މެންބަރުން ބާރުވެރިކުރުވުން: ޖަމްއިއްޔާގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް މެންބަރުގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއެކު، ހަމަހަމަކަމާއި ހާމަކަމުގެ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ މެންބަރުންނަށްވެސް އެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުން.
ވީޑީއެސްގެ އެޕްލިކޭޝަން ފޯމާއި މި ޖަމްއިއްޔާ އާއި ގުޅޭ އިތުރު ލިޔެކިޔުންތައް މި ލިންކުން https://linktr.ee/vinaresngo ފެނިވަޑައިގަންނަވާނެއެވެ.
ވިނަރެސްގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވާން ކައިރިވެފައިވާ އިރުވެސް ވިނަރެސްގައި ހައްލުކުރަންޖެހޭ ވަރަށްގިނަ މައްސަލަތައް އެބަހުއްޓެވެ. ވިނަރެސްގައި ދިރިއުޅޭފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާނެ ޖަމްޢިއްޔާއަކަށް ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ވަރަށްބޮޑަށް ބޭނުންވެފައެވެ. ވިނަރެސް ސަރަހައްދުގައި ކުރިން ”ވިނަރެސް ކޮމިއުނިޓީ“ގެ ނަމުގައި އުފެދުނު ޖަމްއިއްޔާއަށް ވީހެން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަށް ވީޑީއެސް އިން ދެއެވެ.











14 Comments.
dapoxetine
dapoxetine
vardenafil price
vardenafil price
fluconazole over the counter nz
fluconazole over the counter nz
prescription antibiotics
prescription antibiotics
zoloft pills
zoloft pills
vibramycin hyclate
vibramycin hyclate
is vidalista 20 safe
is vidalista 20 safe
vidalista black 80mg review
vidalista black 80mg review
cenforce 150 mg price
cenforce 150 mg price
viagra pill costs
viagra pill costs
domperidone lactation duration
domperidone lactation duration
dapoxetine chemical structure
dapoxetine chemical structure
semaglutid tablete cijena zagreb
semaglutid tablete cijena zagreb
metronidazole 500 mg cost
metronidazole 500 mg cost