”ވިނަރެސް ކޮމިއުނިޓީ“ އެންޖީއޯ އިން ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރާއި ބައްދަލްކޮށްފި

ވިނަރެސް ކޮމިއުނިޓީ (އެންޖީއޯ) އިން ހުޅުމާލެ އުތުރު ދާއިރާގެ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޝަރީފު އާއި ބައްދަލްކޮށްފިއެވެ.

މި ބައްދަލުވުން އޮތީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އެވްރިޑޭ ކެފޭގައެވެ. މިބައްދަލުވުމުގައި ވިނަރެސް ފުލެޓުތަގައި ދިރިއުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވެއެވެ. މި ބައްދަލުވުން އިންތިޒާމުކުރި ފަރާތުން ވަނީ ކޮންމެ ބްލޮކަކުން 1 ބޭފުޅަކަށް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ އިތުރު ތަފްސީލު ލިބުނުހާ އަވަހަކަށް ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ.