ވިނަރެސް އެޕާޓްމަންޓްތަކުގެ އެކްސެސް ޓެގް ދޫކުރާ މުއްދަތު އިތުރުކޮށްފި


”ވިނަރެސް – އޮފިޝަލް“ ވައިބަރ ކޮމިއުނިޓީގައި އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުން ވިނަރެސްގެ އެކްސެސް ޓެގް ދޫކުރުން ވަނީ ތިރީގައިވާ ގޮތަށް މުއްދަތު އިތުރުކުރެވިފައެވެ.

  • ތާރީޚް: 19، 20، އަދި 22 ޖޫން 2024
  • ގަޑި: ހެނދުނު 10:00 އިން މެންދުރު 12:00 އަށް
  • ތަން: ވިނަރެސް 10ގެ މެނޭޖްމަންޓް އޮފީސް

ވީމާ، ހަމަޖެހިފައިވާ ގަޑިތަކުގައި ޓެގާއި ހަވާލުވުމަށް ފުލެޓުގެ މެއިން އެޕްލިކަންޓް ދުރުވާނަމަ އެބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ އަދި ކޯ-އެޕްލިކަންޓް ދުރުވާނަމަ މެއިން އެޕްލިކަންޓާއި ކޯ-އެޕްލިކަންޓްގެ އައިޑީ ކާޑުު ކޮޕީ ހިފައިގެން ދުރުވެލެއްވުމަށް އެޗްޑީސީ އިން އެދެއެވެ.

އަދި މިއީ ޢީދު ބަންދު ދުވަސްތައްް ކަމަށް މުވާއި އެކު، ވީހާ ގިނަ ފުލެޓަކުން ޓެގާއި ހަވާލުވުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، މަތީގައި ދެންނެވުނު ބޭފުޅުންނަށް ދުރުވެނުލެއްވޭނަމަ ޕަވަރ އޮފް އެޓާނީ ހަވާލުކުރެވިފައިވާ ފަރާތަކަށް ޓެގު ހަވާލުކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ޕަވަރ އޮފް އެޓާނީ  ދުރުވާނަމަ ޕަވަރ އޮފް އެޓާނީ ފޯމާއި، ފޯމުގައިވާ ހުރިހާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ ގެންނެވުމުން ޓެގު ހަވާލެކުރެވޭނެކަމަށް އެޗްޑީސީ އިން ބުނެއެވެ.

ޑައުންލޯޑް ޕަވަރ އޮފް އެޓާނީ ފޯމް