ގާބޭޖް ޝޫޓް ހުޅުވިފައި ހުންނަ ގަޑި
- ހެނދުނު 07:00 – 09:00
- ރޭގަނޑު 09:00 – 11:00
- ގާބޭޖް ޝޫޓަށް ކުނި އަޅާ ނިމިގެން ދޮރު ލައްޕަވާ، ދޮރު ލެއްޕުމުން ފެހި ބޮކި ދިއްލޭނެ (ގާބޭޖް ޝޫޓްގެ ދޮރު ރަނގަޅަށް ނުލެއްޕޭނަމަ ރަތްބޮކި ދިއްލޭނެ، ރަތްބޮކި ދިއްލިފައިވާނަމަ އެހެން ފްލޯރ ތަކަށް ގާބޭޖް ޝޫޓް ބޭނުން ނުކުރެވޭނެ)
ގާބޭޖް ޝޫޓަށް އަޅާކުނި
- ކުނިވާ ޒާތުގެ ކުނި
- ޢާއްމުކޮށް އުފެދޭ، ކަރުދާސް އަދި ޕްލާސްޓިކް ޒާތުގެ ކުނި
- މިނަރަލް ވޯޓަރ ފަދަ ހުސްފުޅި (ފިއްތާފައި)
- މަތީގައި ދެންނެވުނު ކުނި އަޅަންވާނީ ލީކުނުވާނޭހެން ކޮތަޅުގައި ބަންދުކުރުމަށްފަހު
މަނާ ކަންކަން
- ގާބޭޖް ޝޫޓް ބަންދު ގަޑި ތަކުގައި ގަދަކަމުން ދޮރު ހުޅުވުން
- ގާބޭޖް ޝޫޓް ބެދޭނެ ފަދަ ބޮޑެތި ކުނި އެޅުން
- ގާބޭޖް ޝޫޓް ހުޅުވާފައި ބެހެއްޓުން
- ކާޑުބޯޑު، ލަކުޑި، ފުޅިމަދު، ސިމެންތިއާއި ގާކުނޑި އަދި ހިފާގެންގުޅޭ ސާމާނު ގާބޭޖް ޝޫޓަށް އެޅުމާއި ފްލެޓް ސަރަހައްދުގައި ބެހެއްޓުން (މިފަދަ ކުނި ވެމްކޯ ނުވަތަ އަމިއްލަ ޕިކަޕްގައި އުކާލުމަކީ ތަނުގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް)
މެއިންޓެނެންސް އަށް ގާބޭޖް ޝޫޓް ބަންދުކުރަން ޖެހުން
- އެއްވެސް ސަބަބަކާއި ހުރެ ގާބޭޖް ޝޫޓް ބަންދު ކުރެވިފައިވާނަމަ ގްރައުންޑް ފްލޯގައި ކުނި އެޅޭނެގޮތަށް ޑަސްބިން ބެހެއްޓިފައި ހުންނާނެ
- އެފަދަ ހާލަތެއް މެދުވެރިވީ ކަމުގައިވީ ނަމަވެސް ގާބޭޖް ޝޫޓް ރޫމްގައި ކުނި ބަހައްޓައިގެން ނުވާނެ