ޕާކިން އޭރިއާ
- އިމާރާތުގެ އެތެރޭގައި ޕާކު ކުރުމަށްޓަކައި ކަނޑައެޅިފައިވަނީ ގްރައުންޑް ފްލޯ އަދި ފަސްޓް ފްލޯ.
- ޕާކު ކުރެވޭނެ ސަރަހައްދުގައި ޒޯން ކުރަހާފައިވާނެ.
- ގްރައުންޑް ފްލޯ: ސައިކަލް އަދި ކާރުތަކަށް ޕާކު ކުރެވޭނެ.
- ފަސްޓް ފްލޯ: ހާއްސަކުރެވިފައި ވަނީ 2 ފުރޮޅުލީ އުޅަނދުދަކަށް.
ޕާކު ކުރުން
- ޕާކުރުމަށްޓަކައި ފަސްޓް ފްލޯއަށް އަރަން ވާނީ ފަސްޓް ފްލޯއަށް އަރަން އޮންނަ މަގުން (ރޭމްޕް އިން) އަދި ނިކުންނަން ވާނީ ނިކުންނަން ކަނޑައެޅިފައިވާ މަގުން (ރޭމްޕް އިން).
- ޕާކު ކުރަންވާނީ ޕާކު ކުރުމަށްްޓަކައި ކަނޑައެޅިފައިވާ ސަރަހައްދުގައި (ޒޯން ގައި). އެންމެންގެ ފަސޭހައަށާއި ރައްކާތެރިކަމަށްޓަކައި މި ޒޯން އިން ބޭރުވާގޮތަށް ޕާކު ކޮށްގެން ނުވާނެ. މި ޒޯން އިން ބޭރުގައި ޕާކު ކުރުމުން އެހެން ވެހިކަލްތަކަށް ވަދެނިކުތުމަށް ދަތިވޭ.
- ގްރައުންޑް ފްލޯގެ ޕާކިންގައި ޖާގަ ނެތްހާލަތެއް އައި ކަމުގައި ވިޔަސް ޒޯނުން ބޭރުގައި ޕާކު ނުކޮށް ފަސްޓް ފްލޯގައި ޕާކު ކުރައްވާ.
- އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމާރާތުގެ އެތެރެއާއި ޕާކުކުރަން އަންނަ މަގުން މަޑުން ދުވުން.
- ޕާކު ކުރުމަށްފަހު ވެހިކަލް ތަޅުުލުން. އަދި އަގުބޮޑު ތަކެތި ވަހިކަލްގައި ނުބެހެއްޓުން.
- އިމާރާތުގެ ފާރުތަކަށާއި، ތަނބުތަކަށާއި އަދި ބެހެއްޓިފައިވާ އަލިފާން ނިއްވާ ނިޒާމުގެ ފޮށިތަކަށް ބަލައިގެން ދުއްވުން.