ވިނަރެސް ޓަވަރުތަކުގެ މަތީ އެޕާޓްމަންޓްތަކުން ތިރިއަށް ކުނިއުކުން ހުއްޓާލާ!

ވިނަރެސް ޓަވަރުތަކުގެ މަތީ ފަންގިފިލާތަކުގެ އެޕާޓްމަންޓްތަކުން ތިރިއަށް ކުނި އުކާ ޝަކުވާ އަޑު ނުއިވޭ ދުވަހެއް މަދުވާނެއެވެ. މިއީ ތިރީގައި ހުންނަ ހުރިހާ އެޕާޓްމަންޓްތަކަށް ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ. ބެލްކަންޏަށާއި ޓެރަސްއަށް ސިގިރެޓް ފިލްޓަރާއި، ޕެޑާއި، ކަރުދާހާއި، ޕެކެޓާއި، ކާބޯ ތަކެއްޗާއި އެހެން ބާވަތްތަކުގެ ކުނި އުކަނީ މަދެއްކޮށެއް ނޫނެވެ. 2 ވަނަ ފަންގިލާގައި ހިމެނޭ ޓެރަސް ހުންނަ އެޕާޓްމަންްޓްތަކަށް މި މައްސަލަ ވަކިން ބޮޑެވެ.

މިގޮތަށް ކުނިބުނި އުކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމެކެވެ. މަތިން މިހެން ވައްޓާލާ ރޯކޮށްފައި ހުން ސިގިރެޓާއި ބަރު ކުނިބުނީގެ ސަބަބުން ތިރީ އެޕާޓްމަންޓްތަކުގައި ހަދާފައި ހުންނަ ތަންތަނަށާއި ބަހައްޓާފައި ހުންނަ މުދަލަށް މިހާރުވެސް ދަނީ ގެއްލުން ވަމުންނެވެ. އަދި މަތިން ތިރިއަށް އުކާ ނަޖިސް ކުނިބުނީގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

ވީމާ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކުންވެސް މިކަހަލަ ނާތަހުޒީބު އަމަލުތައް ހުއްޓާލަމާތޯއެވެ. ތިމާގެ އަވައްޓެރިޔާއަށް އުނދަގޫ ނުކުރަމާތޯއެވެ. ކޮންމެ ބޭފުޅަކުވެސް ކުޑަދޮރުން ނޫނީ ފާހާނާގެ ފެންލައިޓުން ނޫނީ ބެލްކަނިން ކުނިކޮޅު އެއްލާލުމުގެ ބަދަލުގައި ކޮންމެ ފަންގިފިލާއެއްގައި ގާއިމުކުރެވިފައިވާ ގާބޭޖް ޝޫޓަށް ކުނިކޮތަޅު ރަނގަޅަށް ބަންދުކޮށްފައި ވައްޓާލަމާތޯއެވެ. ގާބޭޖް ޝޫޓް ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ހުޅުވިފައި ހުންނާނެއެވެ. މެއިންޓެނަންސް އަށް ބަންދުކުރަންޖެހޭ ހާލަތެއްގައިވެސް ގްރައުންޑް ފުލޯގައި ޑަސްބިން ބެހެއްޓިފައި ހުންނާނެއެވެ. މިއީ އެހާ އުނދަގޫ ކަމެއްހެއްޔެވެ؟

ގާބޭޖް ޝޫޓް ހުޅުވިފައި ހުންނަ ގަޑި

  • ހެނދުނު 07:00 – 09:00
  • ރޭގަނޑު 09:00 – 11:00

ގާބޭޖް ޝޫޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން

 

އިތުރު ލިޔުންތައް