މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީ އިން ނެރެފައިވާ ވިނަރެސް އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުމުގެ އާންމު އުސޫލުގައި ވާގޮތުން އެޗްޑީސީގެ ހުއްދަ އާއި ނުލާ އެކްސެސް ޓެގު ނަކަލުކޮށްފިނަމަ ފުލެޓްގެ ވެރިފަރާތް 5،000.00 ރުފިޔާއާއި 10،000.00 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މި އުސޫލުގައިވާ ގޮތުން ފުލެޓަކަށް އެންމެ ގިނައިން ދޫކުރެވޭނީ 7 ޓެގެވެ. މާލެ ސަރަހައްދުގައި ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ބައެއް ފުލެޓްތަކުގައި 7 މީހުންނަށްވުރެން ގިނަ މީހުން ދިރިއުޅެންޖެހެއެވެ. އެފަދަ އާއިލާތަކަށް ހައްލެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ.
އަދި ވިނަރެސްގެ ވަރަށް ގިނަ ފުލެޓު ވަނީ ކުއްޔަށްދީފައެވެ. ފުލެޓް ކުއްޔަށް ހިފާ ފަރާތަށްވެސް މި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވީމާ ވިނަރެސްގައި ދިރިއުޅޭ ހުރިހާ ފަރާތަކުންވެސް މިކަމަށް ވަރަށްބޮޑަށް ސަމާލުވާން ޖެހެއެވެ. ނޫނީ ފުލެޓްގެ ވެރިފަރާތް 10،000.00 ރުފިޔާއިން ޖޫރިމަނާ ވެދާނެވެ.
އަދި މި އުސޫލުގައިވާގޮތަށް އެކްސް ޓެގު ނަކަލުކުރުން ހުއްޓުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ހަމައެއާއިއެކު އެކްސެސް ދޮރުތައް ރަނގަޅަށް މަސައްކަތްކުރާގޮތް ހެދުމަކީ އެޗްޑީސީ އިން ކުރަންޖެހޭ ކަމެކެވެ. އެއީ އެޗްޑީސީގެ ޒިންމާއެކެވެ. މިހާތަނަށް ބެލިބެލުމުން ވިނަރެސްގެ އެއްވެސް ޓަވަރެއްގައި މިސިސްޓަމް ރަނގަޅަށް ގާއިމުކުރެވިފައެއް ނެތެވެ. ފުލެޓުތަކާއި ފުލެޓް ގަތް ފަރާތްތަކުން ހަވާލުވި އިރުވެސް އެކްސެސް ދޮރުތަކާއި ތަޅުތަކާއި އަދި މިސިސްޓަމާއި ގުޅުންހުރި އާލާތްތައް ހުރީ ބޭނުން ކުރެވޭ ހާލަތެއްގައެއް ނޫނެވެ. އަދި މިސިސްޓަމްގައި ބޭނުންކުރެވިފައިވާ ބައިތަކުގެ ފެންވަރު ދަށްކަމުން މި ސިސްޓަމް ބޭނުންކުރަންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހަލާކުވާން ފަށާފައެވެ. ބައެއް ދޮރުތަށް ހަލާކުވެފައިވަނީ ބޭނުންކުރާ މީހުންގެ ސަބަބުންނެވެ. އެހެން ނަމަވެސް މި ދޮރުތަކާއި ގުޅިފައިވާ ގިނަ ބައިތައް ހަލާކުވެފައިވަނީ ހަމަ ފެންވަރު ދަށްކަމުންކަމަށް ފާހަގަ ކުރެވެއެވެ.









14 Comments.
hello world
hello world
metoprolol generic
metoprolol generic
tetracycline antibiotics
tetracycline antibiotics
alopurinol
alopurinol
buy vibramycin 100mg
buy vibramycin 100mg
furosemide 40 mg
furosemide 40 mg
furosemide 20 mg tablet for dogs
furosemide 20 mg tablet for dogs
macrobid medication cost
macrobid medication cost
sildenafil citrate dosing
sildenafil citrate dosing
vidalista 20mg amazon
vidalista 20mg amazon
semaglutid naturligt
semaglutid naturligt
cheap levitra online
cheap levitra online
doxycycline uses teeth
doxycycline uses teeth
doxycycline 100mg for dogs uses
doxycycline 100mg for dogs uses