ވިނަރެސް ފުލެޓް ތަކުގައި ގާއިމު ކުރެވިފައިވާ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުމުގެ އާއްމު އުސޫލަށް އަމަލުކުރަން ފަށައިފިކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
މި އުސޫލުތަކަށް އަމަލުކުރަން ފެށިއޭ ބުނާއިރު މިސިސްޓަމް ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ގިނައީ ތަޅުނުލެވޭ ދޮރުތަކާއި ހަލާކުވެފައިވާ ދޮރުތަކެވެ. ވަރަށް ގިނަ ދޮރުތަކުގައި އަތްގަނޑެއް ނެތެވެ. ދޮރުތައް ބަރުކަމުން ހުޅުވާލެއްޕުމަކީ އުނދަގޫކަމެކެވެ. އެތެރެފަރާތުގެ ދޮރުތަކާއި ފަސްޓް ފުލޯގެ ދޮރުތައް ހަނިކަމުން ކުޑަދޮރަކުން ވަނުމެކޭ އެއްފަދައެވެ.
އެތައް ލައްކަ ރުފިޔާއެއްގެ ޑައުންޕޭމެންޓެއް ދައްކާ ވިނަރެސް ފުލެޓް ބޮޑުއަގުގައި ގަނެފައިވާ އަދި ވިނަރެސްގައި ގައި ދިރިއުޅޭ ފަރާތްތަކުގެ ހައްގު މިންވަރަކީ މިއީތޯއެވެ؟ ވިނަރެސްގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއްވާން ކައިރިވެފައިވާ އިރު ބޭނުންކުރެވޭ ހާލަތުގައި ހުރި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ނެތުމުގެ އިތުރުން އަސާސީ ގިނަ ކަންކަން ވިނަރެސް ގައި ނެތެވެ.
މި އުސޫލުގައިވާ ބައެއް ފާހަގަކޮށްލެވޭ ކަންކަން:
މި އުސޫލުގައިވާ ގޮތުން ފުލެޓަކަށް އެންމެ ގިނައިން ދޫކުރެވޭނީ 7 ޓެގެވެ.
ތިރީގައިވާ ސަބަބަކާހުރެ އައު ޓެގެއް ހައްދަން ބޭނުން ނަމަ 150 ރުފިޔާ ދެއްކުމުން އައު ޓެގެއް އެޗްޑީސީ އިން ހަދައިދޭނެއެވެ.
- ޓެގު ގެއްލިގެން އައު ޓެގެއް ހެއްދުން.
- ޓެގު ހަވާލު ކުރެވިފައިވާ ފަރާތުގެ އިހުމާލުން ޓެގަށް ގެއްލުމެއް ލިބުން.
- ޓެގު ނަކަލް ކުރުމުގެ ސަބަބުން ޓެގު ބްލޮކް ކުރުމުން އާޓެގެއް ހެއްދުން.
- ފުލެޓުގެ ވެރިފަރާތުން އިތުރު ޓެގު ހައްދަން އެދުން.
މި އުސޫލުގައިވާ ގޮތުން އެޗްޑީސީގެ ހުއްދައާއި ނުލާ ޓެގު ނަކަލުކޮށްގެން ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ނަކަލުކޮށްފައިވާކަން އެނގިއްޖެނަމަ ފުލެޓުގެ ވެރިފަރާތް 5000 ރުފިޔާ އާއި 10,000 ރުފިޔާ އާއި ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މި އުސޫލާ ހިލާފުވާ ފަރާތްތަކާއި މެދު ފުލެޓު ވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
– – – – – – –
ވިނަރެސް އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުމުގެ އާއްމު އުސޫލު










7 Comments.
dutasteride 0.5 mg buy online
dutasteride 0.5 mg buy online
lansoprazole otc
lansoprazole otc
augmentin vs amoxicillin
augmentin vs amoxicillin
dexlansoprazole otc
dexlansoprazole otc
udenafil
udenafil
pantoprazole sodium 40 mg tablet
pantoprazole sodium 40 mg tablet
minoxidil foam for women
minoxidil foam for women